އަލްފާޟިލް އަޙްމަދު އާދަމް
ހ.ހިކަރި

ރާއްޖޭގެ ނިސްބަތުން ބަލާއިރު އިންޖިނިއަރިންގ ރޮނގުން ކުރިއަރާފައިވާ ބޭފުޅުން ވަރަށްވެސް މަދެވެ. މިދެންނެވި ބޭފުޅުންގެ ތެރެއިން އަލްފާޟިލް އަޙްމަދު އާދަމް ފާހަގަކުރެވިފައިވަނީ، ޤައުމީ ޚިދުމަތުގައި ރެޔާދުވާލު ވަރުބަލިފުޅުވުމެއްނެތި މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއްކަމުގައެވެ. އޭނާގެ އެންމެ ޚާއްޞަ ފަންނަކީ، އިންޖިނިއަރިންގ މަސައްކަތެވެ.