އަލްފާޟިލް ޢަބްދުލްޙަކީމް ކާންނާ ކަލޭފާނު
ޅ.ނައިފަރު

 

މިހާރު ރާއްޖޭގައި ހެލްތު ސެންޓަރުތައް ހުޅުވިގެން އެކި ދިމަދިމާގައި ހުރި ހެލްތު ސެންޓަރުތަކަށް މީހުން ދިޔަނަމަވެސް، ހެލްތު ސެންޓަރުތައް ހުޅުވެންދެން، ޚާއްޞަކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ މީހުން ޞިއްޙީ ފަރުވާއަށް ގޮސްއުޅެނީ، ފާދިއްޕޮޅު ނައިފަރަށެވެ. އަލްފާޟިލް ޢަބްދުލްޙަކީމް ކާންނާ ކަލޭފާނު އަރިހަށެވެ. ނުހަނު ބޮޑެތި އަނިޔާ ލިބިގެން އޭނާގެ އަރިހަށް ގެންދެވޭ މީހުންނަށް ދެއްވާ ފަރުވާގެ ސަބަބުން ﷲގެ ވާގިފުޅާއެކު، ރަނގަޅުވެފައި އެބަހުއްޓެވެ. އެޒަމާނުގައި ހުރިހާ ބަލިތަކަކަށްވެސް އޭނާ ބޭސްކޮށްއުޅުއްވިއެވެ. އޭގެ އިތުރުން ކުދިން ޚިތާނުކުރެއްވުމުގެ މަސައްކަތްޕުޅަކީވެސް،  ޢަބްދުލްޙަކީމް ކާންނާ ކަލޭފާނު ކުރައްވައި އުޅުއްވި މަސައްކަތްޕުޅެކެވެ.