އަލްފާޟިލް ޢަލީ އަޙްމަދު
ހ.މާދޫގެ

އެންމެ ކުޑަދުވަހުއްސުރެ ތަޢުލީމީ މައިދާނުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާފައިވާ އަލްފާޟިލް ޢަލީ އަޙްމަދަކީ، މަދްރަސަތުލް ޢާލިޔާގެވެސް ބާނީއެވެ. އަދި އެ މަދަރުސާގެ ނާޡިރުވެސްމެއެވެ. ރާއްޖޭގައި އުފެދުނު އަމިއްލަ މަދްރަސާތަކުގެ ތެރެއިން މަދްރަސަތުލް ޢާލިޔާ އުޅެނީ،ވަރަށް ކުރީގައެވެ. އެމަދަރުސާއަކީ، އަލްފާޟިލް ޢަލީ އަޙްމަދު މުޅިން އަމިއްލަފުޅު ގޮތުން ހިންގަވަމުން ގެންދަވާފައިވާ މަދަރުސާއެކެވެ.

ޢަލީ އަޙްމަދަކީ، ދިވެހިބަހުގެ އުސްތާޛުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ދިވެހިބަހާބެހޭ ތަފާތު މަޒުމޫނުތަކާއި ލިޔުންތައް އަދި ފޮތްވެސް ލިޔުއްވާފައިވާ ބޭފުޅެކެވެ.