އަލްފާޟިލް އަޙްމަދު ނިމާލު
މ.ޓްރެންކުއިލިޓީ

ދިވެހި ފިލްމުތައް ސްކްރީންތަކަށް ނުކުންނަމުން ދިޔައިރު އެންމެ މޮޅު އެކްޓަރެއްގެ ގޮތުން ފާހަގަކުރެވިގެން ދިޔައީ، އަލްފާޟިލް އަޙްމަދު ނިމާލެވެ. އޭނާ އެންމެ ފުރަތަމަ، ޢީސާ ޝަރީފާއި، ޙުސައިން ރަމީޒު ޑައިރެކްޓް ކުރެއްވި ދިވެހި ފިލްމު "ނުފޫޛު" ގައި ބައިވެރިވެލެއްވިއެވެ. މިއީ ނިމާލުގެ ފުރަތަމަ ފިލްމެވެ. އޭގެފަހުން 1986ގައި، އަސްލަމް ރަޝީދު ޕްރޮޑިއުސް ކުރައްވައި، ޙުސައިން ރަމީޒު ޑައިރެކްޓް ކުރެއްވި ފިލްމު "މަޤްޞަދު" ގައި އެކްޓަރެއްގެ ބައި ކުޅުއްވިއެވެ. މިހިސާބުން ނިމާލު، ޓީ.ވީ.މޯލްޑިވްސްއިން ތައްޔާރު ކުރައްވާ އެކިއެކި ޕްރޮގްރާމް ތަކުގައި ބައިވެރިވެލައްވަން ފަށްޓަވައިފިއެވެ. 

ނިމާލު ޑައިރެކްޓް ކުރެއްވި އެންމެ ޚާއްޞަ ޕްރޮގްރާމަކީ، މަޢުހަދު ކުދިން ކުޅުނު މިނިވަން 25ގެ ޝިޢާރެއްގެ މައްޗަށް ކުޅުނު ތަމްސީލެކެވެ. ޓީ.ވީ.ގެ ފަރާތުން ތައްޔާރުކުރެއްވި ޕްރޮގްރާމްތަކުގެ ތެރޭގައި "މީ ކާކު؟" އާއި "ތަރިންގެ ވިދުވަރު" ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. އެންމެ ކާމިޔާބު އަދި އެންމެ ގިނަ މީހުންގެ ގާތުގައި އެންމެ މަޤްބޫލު އެއްޗަކަށް ތައްޔާރުކުރެވުނީ "ސަޅިބައިސާ" އެވެ. މިއީ ސިލްސިލާ ޕްރޮގްރާމެކެވެ. ސަޅިބައިސާގެ ތެރޭގައި ހިމެނެނީ "ރުޅިގަދަ ޢަލީ"، "ޢިޝްޤީ ޢަލީ"، "ޕްރޮފެސަރު ޖަރުމަނު ޢަލީ"  މި ހަތަރު ޢަލީއާބެހޭ ހަތަރު ޕްރޮގްރާމެވެ.