އަލްފާޟިލާ މަރްޔަމް ޝަކީބާ
ކަރަންކާގެ / ސ.ފޭދޫ

 

އަލްފާޟިލާ މަރިޔަމް ޝަކީބާއަކީ، ޞިއްޙީގޮތުން މީހުންނަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެކެވެ. ފެމިލީ ހެލްތު ވޯކަރެއްގެގޮތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، ފޫޅުމާކަންވެސް ކުރައްވައެވެ. ފޫޅުމާކަން ކުރައްވަނީ، ކަނޑައެޅިފައި އޮންނަ ވަކި އަގަކަށް ނޫނެވެ. މީހަކު ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ދީފިއްޔާ ދިން އެއްޗެއް ޤަބޫލުކުރައްވައެވެ. 1990ގެ ނިޔަލަށް ގާތްގަނޑަކަށް 1600 މީހުން ވިއްސިފައިވެއެވެ. އެވްރެޖްކޮށް މަހެއްގެ މައްޗަށް 10 މީހުން ވިއްސާކަމަށް ވެއެވެ. 

ހެލްތު ވޯކަރެއްގެގޮތުން ކުރާ މަސައްކަތްތަކަކީ، ހުންއަންނަ މީހުންގެ ލޭ ނެގުމާއި، މެލޭރިޔާކަމަށް ޝައްކު ކުރެވޭ މީހުންގެ ގައިން ލޭ ނެގުމާއި، ޓީ.ބީ. މީހުންނަށް ބޭސް ކާންދިނުމާއި، ޢާއްމުކޮށް ރަށުގެ މީހުންނަށް ޞިއްޙީ އިރުޝާދު ދިނުމެވެ. އަދި ރަށުތެރެ ސަރަޙައްދުތަކަކަށް ބަހާލައިގެން ހަފްތާއަކު ތިން ދުވަހު އެހަފްތާއަކަށް ކަނޑައެޅިފައިވާ ތަންތަނަށް ޒިޔާރަތް ކުރައްވައެވެ.