އަލްފާޟިލް އަޙްމަދު ޙާފިޡު
މ.ޒިޔާރަތްދޮށުގެ

1981 ގައި ސަރުކާރުން ދެއްވި ޓްރޭނިންގ ކޯހެއްގައި، ތައިލެންޑަށް ދުރުވެ ކަނޑުގައި އުޅޭ މަސްމަހުގެ ޢަދަދުތައް ދެނެގަތުމާބެހޭ (ސްޓޮކް އެސެސްމެންޓް) ކޯހެއް ފުރުއްވިއެވެ. 1985ގައި، ކޮރެޔާގައި ބޭއްވުނު ސްޓޮކް އެސެސްމަންޓް ކޯހެއްގައިވެސް، ބައިވެރިވެލެއްވިއެވެ. ސަރުކާރުގެ ދާއިރާގައި ކުރައްވާ މަސައްކަތްތަކުގެ އިތުރަށް އަމިއްލަގޮތުން މަސްމަހާމެހީގެ ފޮތް އެއްޗެތި ނެރުއްވުމަށް މަސައްކަތް ކުރައްވައެވެ. މިހާތަނަށް މިބާވަތުގެ 3 ފޮތް ޝާއިޢު ކުރައްވާފައިވެއެވެ. އެއީ "ކޮމަން ރީފް ފިޝަސް އޮފް މޯލްޑިވްސް" މީގެ 1، 2 އާއި "މޯލްޑިވްސް ޑައިވަރސް ޕެރަޑައިސް" މިފޮތެވެ. ސަރުކާރު ވަޒީފާ އަދާކުރައްވާއިރު ބޮޑަށް ބައްލަވަނީ، އެ މަސައްކަތަކީ، އަމިއްލަ ކަމެއްގެ ގޮތުގައެވެ. ސަބަބަކީ، މަސްވެރިކަމަށް އޭނާގެ ހިތުގައި އޮތް ލޯތްބެއްގެ ސަބަބުންނެވެ. އޭނާ އަމިއްލަފުޅަށްވެސް، ތަފާތު ކަންކަން ހޯއްދަވައިގެން، ތަޖުރިބާ ކުރައްވަމުން ގެންދަވައެވެ.