އަލްފާޟިލް އަޙްމަދު ޙަމީދު ފަހުމީ
މ.ގުލްޝަން

ލިޔުންތެރިކަމަކީވެސް، ތަފާތު ގޮތްގޮތަށް ބޭނުންކުރެވޭ ފަންނެކެވެ. އެއްބައި މީހުން ފާހަގަވެގެން ދަނީ، މަޒްމޫނު ލިޔުމުގެ ގޮތުގައެވެ. އަނެއްބައި މީހުން، ވާހަކަ ލިޔުންތެރިންގެ ގޮތުގައެވެ. އަލްފާޟިލް އަޙްމަދު ޙަމީދު ފަހުމީއަކީ، ވާހަކަ ލިޔުމުގެ ފަންނުގައިވެސް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. 

މިހާރު އަޅުގަނޑުމެންގެ ތެރޭގައި ދިވެހިބަހުން ޗާޕްކޮށްގެން ނެރޭ ވަރަށްގިނަ ވާހަކަތައް އެބަހުއްޓެވެ. ނަމަވެސް މިކަހަލަ މަސައްކަތެއް އެންމެ ފުރަތަމަ ކުރާމީހަކީ، ވަރަށް އާދަޔާ ޚިލާފު މީހަކަށް ވާނެއެވެ. 

1959 ވަނަ އަހަރުހާ ހިސާބުގައި ރާއްޖޭގައި މަޤްބޫލްވެގެންދިޔަ ވެސްޓްލައިޓްއޭ ކިޔާ ޖާސޫސީ ވާހަކައެއް ނުކުތެވެ. އެވާހަކައަކީވެސް އޭނާ ލިޔުއްވި ޚިޔާލީ ވާހަކައެކެވެ. އޭނާގެ ވަރަށް ގިނަ ކުރުވާހަކަތައް ރާއްޖޭގައި ނުކުތް "ސިނަމާ" ގައާއި "މިދުވަސްވަރު" ގައި ޝާއިޢުކުރަމުން ގޮސްފައިވެއެވެ. ފުރަތަމަ އޭނާ ލިޔުއްވީ ކުރުވާހަކަ ކަމުގައި ވިޔަސް، ފަހަކަށް އައިސް ދިގުވާހަކަވެސްވަނީ، ލިޔުއްވާފައެވެ.