މަރްޔަމް ޢިޝާ އަޙްމަދު
މއ. ފައިންޝޭޑް

ޕްރެޒިޑެންޓް ގައިޑް ބެޖަށް ކުރިމަތިލުމަށް ޢިޝާގެ ނަން ގައިޑް އެސޯސިއޭޝަނަށް ހުށަހެޅުއްވީ އޭނާ އަމީނިއްޔާ ސްކޫލްގައި ތަޢުލީމު ހާސިލު ކުރައްވަން އުޅުއްވިއިރުއެވެ. މި އެވޯޑްގެ ބެޖް ވާރކާ އެކީގައި އެހެނިހެން ބައިތައް ފުރިހަމަކުރައްވާފައިވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަންގައި ތަޢުލީމު ހާސިލު ކުރައްވަމުން ގެންދެވިއިރުއެވެ. ޖުމްލަ 19 ބެޖު ހޯއްދަވާފައިވާއިރު، ކޮމިއުނިޓީ ސަރވިސްގެ ގޮތުގައި 470 ގަޑިއިރު ފުރިހަމަކުރައްވާފައިވެއެވެ. މީގެއިތުރުން، އޭނާއާ ހަވާލުކުރެވުނު 3 ޗެލެންޖުގެ މަސައްކަތްވެސް ވަނީ ވަރަށް ކާމިޔާބުކަމާއެކު ފުރިހަމަކުރައްވާފައެވެ.