ޢަބްދުﷲ ޔާފިޡް
ނ. ވެލިދޫ ކޯދު
ތާޖުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލުކުރެއްވުމަށްފަހު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން ޔާފިޡް އޭ ލެވެލް ފުރިހަމަ ކުރެއްވީ މި އަހަރުއެވެ. ޔާފިޡް، ސްކައުޓް ޙަރަކާތާ ގުޅިވަޑައިގަތީ 2006 ވަނަ އަހަރު ކަބް ސްކައުޓެއްގެ ގޮތުގައެވެ. އެއަށްފަހު ޔާފިޡް ވަނީ ސްކައުޓެއްގެ ގޮތުގައި ތާޖުއްދީން ސްކޫލުގަޔާއި މަޖީދިއްޔާ ސްކޫލުގައި ޙަރަކާތްތެރިވެވަޑައިގެންފައެވެ. ސްކައުޓް ހަރަކާތުން 23 އަށްވުރެ ގިނަ ފަންނީ ބެޖް ޔާފިޡް ވަނީ ހޯއްދަވާފައެވެ.