މުޙައްމަދު އިޢުޖާޒް ޔަޒީދު
ހުޅުމާލެ ދޮޅަސް
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަނުން، އޭލެވެލް މިއަހަރު ނިންމެވި އިޢުޖާޒް، ސްކައުޓް ޙަރަކާތާ ގުޅިވަޑައިގަތީ، 2006 ވަނަ އަހަރު ކަލާފާނު ސްކޫލްގެ ކަބް ސްކައުޓެއްގެ ގޮތުގައެވެ. ސްކައުޓް ޙަރަކާތުން 23 ފަންނީ ބެޖް އިޢުޖާޒްވަނީ ހޯއްދަވާފައެވެ. 2014 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ “ބެސްޓް އޯލްރައުންޑް ސްކައުޓް”ގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން، 2016 ވަނަ އަހަރު އެޑްވާންސް ސްކައުޓް ސްޓޭންޑަރޑް ނިންމެވުމަށްފަހު، ބުޝްމަންސް ތޮންގްވެސް އިޢުޖާޒު ވަނީ ޙާޞިލް ކުރައްވާފައެވެ.