![](https://storage.googleapis.com/presidency.gov.mv/Photos/98397_3626489c-2_.jpg)
ބ. އޭދަފުށި ޖަންބުމާގެއާގެ
ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ، ކީރިތި ޤުރްއާނަކީ، މާތްﷲގެ ކަލާމްފުޅުކަމާއި، ޤުރްއާން ކިޔެވުމުން ލިބޭ ޘަވާބާއި މާތްކަން، ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން އެނގޭތީއެވެ. އަދި މައިންބަފައިންނާއި ޤުރްއާން ކިޔަވައި ދެއްވި ބޭފުޅުން ދެއްވި ނަޞޭޙަތުން މިކަމުގެ މުހިންމުކަން ތަޞައްވުރު ކުރެއްވިގެން އެ މަސައްކަތް ފެށްޓެވީ، ޤިޔާމަތް ދުވަހުން މާތްﷲ ގެ ޙަޟްރަތުގައި މާތް މީހުންގެ ލަޤަބާއި ޝަރަފު ހޯއްދެވުމުގެ ޢަޒުމުގައެވެ. ޤުރްއާން އެކީ ހިތުދަސްކޮށް ނިންމާލެއްވީ، މަންމައާއި ބައްޕަގެ އެހީތެރިކަމާއެކުގައެވެ.