އަލްޙާފިޡާ ޝަރީފާ މުޙައްމަދުދީދީ
ސ. މީދޫ އަރިވަރު

ޤުރްއާން ހިތުދަސްކުރެއްވުމަށް ޝައުޤުވެރިވުމުގެ އެއް ސަބަބަކީ، ޢާއިލާގައި ޙާފިޡުން ތިއްބެވުމެވެ. އެބޭފުޅުން ކުރެއްވި މަސައްކަތުން ހިތްވަރު ލިބިވަޑައިގަންނަވައިގެން ޤުރްއާން ހިތުދަސްކުރައްވައި ނިންމެވީއެވެ. ޤުރްއާން ހިތުދަސްކުރައްވަން ޝަރީފާއަށް އެންމެ ފަސޭހަ ވަގުތަކީ، ޢިޝާނަމާދާއި ފަތިސްނަމާދާ ދެމެދުގެ ވަގުތެވެ. ޤުރްއާން ހިތުދަސްކުރެއްވުމުގައި ޝަރީފާގެ ބޭފުޅުންގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލެއްވުން އޭނާ ވަރަށް ބޮޑަށް ފާހަގަކުރައްވައެވެ.