އަލްޙާފިޡު އަޙްމަދު ނަބީޙް
ލ. މާވަށު މާބަގީޗާގެ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ ޝައުޤުވެރިކަން އުފެދުނީ ވަރަށް ކުޑައިރުއެވެ. ހެޑްފޯން ބޭނުންކުރައްވައިގެން ޑިޖިޓަލް ޤުރްއާން އަޑުއައްސަވައި، އަދި ޤުރްއާން ޗެނަލްތައް ބައްލަވަމުން ގެންދަވަން ފެށްޓެވުމުންނެވެ. ނަބީޙް ޙާފިޡަކަށް ހެއްދެވުމަކީ، އޭނާގެ މައިންބަފައިން އަބަދުވެސް ދެކެވަޑައިގަންނަވާ ހުވަފެނެކެވެ. ސީދާ ޙިފްޡު ކުރެއްވުމަށް އަމާޒު ކުރައްވައިގެން، އޭނާގެ މައިންބަފައިން މަސައްކަތް ފެށްޓެވިތާ ތިންމަސްދުވަހުގެ ތެރޭގައި، މާތްﷲގެ ރަޙްމަތްފުޅާއެކު ނަބީޙަށް ކީރިތި ޤުރްއާން ހިތުދަސްކުރެއްވުނެވެ.