އަލްޙާފިޡު އަޙްމަދު ޒާހިރު
ސ. ހިތަދޫ ކުރުކުރުމާގެ

ކީރިތި ޤުރްއާން ހިތުދަސްކުރެއްވުމުގެ މަސައްކަތް ފުރަތަމަ ފެށްޓެވީ އަމިއްލަފުޅަށެވެ. އެއަށްފަހު، ކީރިތި ޤުރްއާނާބެހޭ މަރްކަޒުގެ ޤުރްއާން ހިތުދަސްކޮށްދޭ ކްލާހުން ޖާގަ ހޯއްދަވައިގެން، ޤުރްއާން ހިތުދަސްކުރުމުގެ މަސައްކަތް ފެށްޓެވީއެވެ. ޤުރްއާން ހިތުދަސްކުރެއްވީ އެކަމަށް ވަކި ވަގުތެއް ހުސްކުރައްވައިގެނެއް ނޫނެވެ. ފަސޭހަ ކޮންމެ ވަގުތެއްގައި ހިތުދަސްކުރެއްވުމުގެ މަސައްކަތް ކުރައްވައިގެންނެވެ. މި މަސައްކަތުގައި ޒާހިރަށް އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަކަށް ޒާހިރު ޝުކުރުއަދާކުރައްވައެވެ.