
ގ.ބެރުގެ
ޝަފީޤާގެ ބައްޕައަކީވެސް، މިޔުޒިކުގެ ބޭކަލެކެވެ. އަދި މިހާރު، ޙަޔާތުގެ ބައިވެރިޔާއަކީވެސް، މިޔުޒިކް ކުޅުއްވައި ލަވަ ކިޔުއްވައި، އަވަސް ރާގާއި ލަސް ރާގު، ހުރިހާ ވައްތަރެއްވެސް ކިޔުއްވާ ބޭފުޅެކެވެ. ބޮޑަށް ކިޔުއްވާ ހިތްވަނީ، މަޑުމައިތިރި ރާގުތަކުގެ ލަވަކަމަށް ޝަފީޤާ ބުނުއްވިއެވެ. ހިންދުސްތާނު ލަވަ ކިޔުއްވުމުގައި، އާޝާބޯސްލޭގެ ލަވަތަކަށް ޝައުޤުވެރިވެލައްވައެވެ. އަދި ވަރަށް ގިނައިން، ޢިމާދު ހައްދަވާފައި ހުންނަ ދިވެހި ރާގުވެސް ކިޔުއްވައެވެ. ޝަފީޤާގެ އަޑަކީ، އެންޓާރިސްގެ މިޔުޒިކް ގްރޫޕާއި އަދި ސްލޭމްޕްލޭޝްގެ މިޔުޒިކާއެކު ވަރަށް ގިނައިން އިވޭ އަޑެކެވެ. އޭނާ ލަވައިގެ ދުނިޔެއަށް ރާއްޖެއަށް މަޝްހޫރުވެގެންއައީ، ފިލްމު ނިކާހުގެ ރާގަށް ކިޔުއްވި "ދެއްވި ފަރުވާޔާ" މިލަވައިންނެވެ.