އަލްފާޟިލް އިބްރާހީމް ނަޞީރު
މއ.މާޅެނބޫގެ

މިޔުޒިކް ކުޅުއްވަން ފެށްޓެވީ، އޯކިޑް ކްލަބްގައި އުޅުއްވިއިރު، ޢުމުރުން 15 އަހަރުގައެވެ. ހިންދީ މިޔުޒިކް، ދިވެހި ލަވަ، ބޮންގޯ/ ބުންބެރު ޖައްސަވަން އެންމެ ކުޅަދާނަ މީހުންގެ ތެރޭގައި ހިމެނެއެވެ. އިނގިރޭސި މިޔުޒިކް ބޭންޑެއް އަމިއްލައަށް ހެއްދެވިއެވެ. އަދި އޮލިމްޕިއަންސް އުފެއްދުމުން، ޑްރަމް ސެޓް ކުޅުއްވަން ފެށްޓެވިއެވެ. އެއީ 1970 ގެ ކުރީކޮޅުގެ ތެރޭގައެވެ. އަދި ވައިބްރޭޝަންއޭ ކިޔާ އިނގިރޭސި ބޭންޑެއްވެސް އުފެއްދެވިއެވެ. އެމޭޒަންޖޭޑްގައި ޑްރަމްގައި 13 އަހަރު އުޅުއްވާފައިވެއެވެ. ބެރު، ޑްރަމްސެޓާ ޕަރކަޝަން އެއްޗެހި ޖައްސަވައި އަދި ކުޅުއްވައި އުޅުއްވިއެވެ.