2 މާރިޗް 1992 ދުވަހު، ހއ.ކެލާގެ އުތުރުން 10 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ޝްރީލަންކާގެ މަސްބޯޓެއް، މީނާ ހުރި ދޯނީގެ މީހުންނަށް ފެނިގެން، އެބޯޓާމެދު ޢަމަލުކުރާނެގޮތުގެ ލަފަޔަކަށް ސަރުކާރުގެ ކަމާބެހޭ ފަރާތުގައި އެދުމުން އެބޯޓު އަތުލަން މަސައްކަތްކުރުމަށް އެދޯންޏަށް އެންގުމުން އެދޯނީގެ މީހުންގެ މަސައްކަތުން އެބޯޓު އަތުލާފައިވެއެވެ. އެދުވަހު އެދޯނީގެ ކެޔޮޅަކަށް ހުރީ ޢަބްދުﷲ ޝަފީޤެވެ. އެދޯނިން އެދުވަހު މަހަށްދިޔަ މީހުންނަކީ:-
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބިލެތްކަފާގޭ އަލްފާޟިލް ޙަސަން މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބިލެތްކަފާގޭ އަލްފާޟިލް ޢަލީ ވަޙީދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ބިލެތްކަފާގޭ އަލްފާޟިލް މުޙައްމަދު ޝަފީޤް
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ އަލިވަރު އަލްފާޟިލް އަޙްމަދު ރަޝީދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ހެޕީލައިފް އަލްފާޟިލް ޙަސަން މުޙައްމަދު
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ގުލްޝަނީގޭ އަލްފާޟިލް މުޙައްމަދު ރަޝީދު