އަލްފާޟިލް އިބްރާހީމް ޝަކީބު
ގ.މަސްއޮޑިގެ

ޝަކީބަކީ، ދިވެހި މިޔުޒިކްގެ ދުނިޔެއަށް ވަރަށްވެސް މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އެންމެ ފުރަތަމަ ލަވަކިޔާފައިވަނީ 1976 ވަނައަހަރު ވަރަށް ކުޑަ ކުއްޖެއްގެ ގޮތުގައި (ޢުމުރުން 13 އަހަރުގައި) ހުރެ މާލޭ  ޒަމާނީ މިޔުޒިކް ކްލަބްގައެވެ. އޭނާގެ އެންމެ ގިނަ ލަވަ (ގާތްގަނޑަކަށް 200 ލަވަ) ރިކޯޑްކުރެވުނީ، އެމް.އާރް.ސީ.ގެ މިޔުޒިކަށެވެ. އޮލިމްޕިއަންސް މިޔުޒިކް ގްރޫޕްގައި 1974 ން 1978 ށް އާދެ، ގްރޫޕް މުޅިން އުވެންދެންވެސް ލަވަ ކިޔުމުގައި ދެމިހުންނެވިއެވެ. 1980 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެ މިޔުޒިކް ގްރޫޕްގައި އުޅެފައި ފަހުން ވަކިވެފައިވީނަމަވެސް، ލަވަ ރިކޯޑްކުރުމުގެ މަސައްކަތުގައާއި އަދި ސްޓޭޖްގައި ލަވަ ކިޔުމުގެ މަސައްކަތުގައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ގެންގޮސްފައިވެއެވެ.