އަލްފާޟިލް ޙަސަން ޔޫސުފް
ހ.ރެމްސީސް

މިޔުޒިކުގެ މަސައްކަތް ފެށްޓެވީ، ވަރަށް ކުރީގެ ދުވަސްވަރެއްގައެވެ. ސިފައިންގެތެރެއަށް ވެންނެވީވެސް ބޭންޑް ކުޅުއްވާހިތްވާތީކަމަށް ބުނުއްވިއެވެ. ސިފައިންގެ ތެރެއަށް ވެންނެވީ 1968 ޖުލައިގައެވެ. 1970 ގައި ބޭންޑަށް ވެންނެވިއެވެ. ފުރަތަމަ މުދައްރިސަކީ، މިސްޓަރ ސެމިޑޯންއެވެ. އެއަށްފަހު، އަލްމަރްޙޫމް ބެއްޔަތުއްތު އަދި ފަހުން އިންޑިޔާގެ ބޭންޑް މާސްޓަރެއްވެސް މިޔުޒިކް ދަސްކޮށްދިނެވެ. ބޭންޑާ ބެހޭ ކޯހެއް ލިބުނީ، އޭނާގެ ސަބަބުންނެވެ. ކޯހަށް ފުރުއްވީ 1986ގެ ސެޕްޓެންބަރު މަހުއެވެ. ނިމުނީ 1989 ގައެވެ. 3 އަހަރުގެ މިކޯސް ހެއްދެވީ، އިންޑިޔާގައި ހުންނަ އޭ.އީ.ސީ. ޓްރޭނިންގ ކޮލެޖް އެންޑް ސެންޓަރުގައެވެ. ކޮލިފައިޑް ބޭންޑް މާސްޓަރ ސެޓްފިކެޓް ވިތު (ކޮންޑަކްޓިންގ) ލިބިލެއްވިއެވެ. މި ސެޓްފިކެޓް ފުރަތަމަ ހޯދި ދިވެއްސަކީވެސް، މީނާއެވެ.

ކޯސް ނިންމާފައިވާ މާލެ ދުރުވިތަނާ އަމީނިއްޔާގެ ބޭންޑް ކުދިންނަށް ބޭންޑް ދަސްކޮށްދިނުމަށް އެދިވަޑައިގަތެވެ.