އަލްފާޟިލް މަރޮށީ ޙުސައިން ކަލޭފާނު
މ.އަރީޖް

މަރޮށީ ޙުސައިންކަލޭފާނުގެ ޚަރަދުގައި، ބިލެތްފަހީގައި މިސްކިތެއް ޢިމާރާތްކުރައްވައި، އަދި އިތުރު ދެރަށެއްގައި ދެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ހިންގަވަމުން ގެންދަވާފައިވެއެވެ. މީގެ އިތުރުން، އަތޮޅުގެ ރަށްރަށުގެ ވަރަށް ގިނަ މިސްކިތްތަކަކަށް ބޮޑެތި އެހީތައް ވެދެއްވާފައިވެއެވެ.

އޭނާގެ ޚަރަދުގައި ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލުކޮށްގެން ދެކުދިން މިހާރު މާލެ އައިސް ވަޒީފާ އަދާކުރަމުން އެބަގެންދެއެވެ. އެ ދެކުދިންއައީ، ހަތް ޤިރާއަތަށް ޤުރުއާން ހިތުދަސްކޮށްގެންނެވެ. ޖީ.ސީ.އީ.އޯލެވެލް ނިންމާފައިތިބި އެއަތޮޅުގެ ތިން ކުއްޖަކު، މަތީ ތަޢުލީމު ޙާޞިލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުއްވައި ދެއްވާފައިވެއެވެ.

1979ން ފެށިގެން، ށ.މަރޮށީގައި މީނާގެ ޚަރަދުގައި މަދަރުސާއެއް ބިނާކުރައްވައި، ރަނގަޅު ފެންވަރެއްގައި އެމަދަރުސާ ހިންގަވަމުން ގެންދަވައެވެ. ރާއްޖެއާއި ރާއްޖޭން ބޭރުގެ ޓީޗަރުން، އެ މަދަރުސާގައި ކިޔަވައިދެއްވާގޮތަށް އަތޮޅުގެ 14 ކުއްޖަކަށް މީނާގެ ޚަރަދުގައި ކިޔަވައިދެއްވުމަށް ހަމަޖައްސަވައި، އޭގެތެރެއިން 4 ކުދިން އެދަރުސާގައި ކިޔަވަމުން ގެންދެއެވެ. މީގެއިތުރަށް، ގިނަގުނަ އެހީތައް ވެދެއްވާފައިވެއެވެ.