![](https://storage.googleapis.com/presidency.gov.mv/Photos/103737_74b601eb-c_.png)
ހ.ބެރިންމަދޫ
ބިންތަޅާއާއި ސުތުލިގޯނި ހިފައިގެން މަގުތެޅި ދުވަސްވަރު މާޒީއާ އެކުވެ ހިނގައްޖެއެވެ. އުދެލިން މަގު ކޮނެގެން މަގު އެއްވަރުކުރި ހަނދާނެއްވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު މިހާރަކު ނުހުންނާނެއެވެ. އެއަށްވުރެ މި ޒަމާނުގައި އެކަންކަން ކުރާނެ ފަސޭހަގޮތްތައް މިއޮތީ ފެނިފައެވެ. ނަމަވެސް މިދެންނެވި އުނދަގޫ ދުވަސްވަރުވެސް، އަލްފާޟިލް ޢަލީ ޢަބްދުއްރަޙްމާނު، މާލޭގެ މަގުތައް ހެދުމުގެ މަސައްކަތުގައި ވަރުބަލިވުމެއްނެތި ހީވާގިކަމާއެކު އުޅުއްވަމުން ގެންދަވައެވެ. ފުރަތަމަ، މަސައްކަތު މީހެއްގެ ގޮތުންނެވެ. އަދި އެއަށްފަހު ދެން މަސައްކަތްކުރުވާ މީހެއްގެ ގޮތުގައެވެ.