އަލްފާޟިލް ބާބާގޭ ދޮންމަނިކު
މއ.ދިލްކުޝާގެ

އަލްފާޟިލް ބާބާގޭ ދޮންމަނިކަކީ، ދިވެހި ތާރީޚާ ޘަޤާފަތާ ބެހޭގޮތުން، ދުވަހު ނޫސް ހަވީރަށާއި، ފަތްތޫރައަށް ލިޔުއްވާ، އަދި ސަރުކާރާއި އަމިއްލަ ފަރާތްތަކުން މިފަދަ މަޢުލޫމާތެއް ބޭނުންވެގެން ދަންނަވައިފިނަމަ އެ މަޢުލޫމާތެއް ދެއްވާ ބޭފުޅެކެވެ. ދިވެހިރާއްޖޭގެ އަޑާއި، ޓީ.ވީ. މޯލްޑިވްސްގެ ޘަޤާފީ ޕްރޮގްރާމްތަކަށާއި، ބައެއް ޖަމާޢަތްތަކަށާއި، މަދަރުސާތަކަށް މިރޮނގުން އެހީތެރިވެދެއްވާފައިވެއެވެ. ހިއްޗަށް ވަޑައިގަތުމުގެ މަންޒަރު ސިފަކޮށްދެއްވުމުގެ ގޮތުން "ހިތި ކުޅިވަރު" މީހުން ލައްވާ ކުޅުއްވައި، ބަޑިޖެހުމުގެ ކަންތަކަށްވެސް މަޢުލޫމާތު ދެއްވައި، މިކަންކަމުގައި ބައިވެރިވެލައްވާފައިވެއެވެ.