އަލްފާޟިލް ޢަބްދުއްޞަމަދު މުޙައްމަދު
މއ.ކިނާރީއާގެ

މީނާއަކީ، ބައިސްކަލުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން މިމަސައްކަތް ގިނަ ބަޔަކަށް ފައިދާ ހުރި ޚިދުމަތެއްގެ ގޮތުގައި ކުރައްވާތާ 30 އަހަރު ވެއްޖެއެވެ.

ވަރަށް ކުޑަގޮތަކަށް ފެށުނު މިމަސައްކަތް މިހާރުވަނީ، ދިވެހި ރާއްޖޭގައި ކުރެވޭ އެންމެ ފުޅާ ދާއިރާއަށް ތަރައްޤީކުރައްވާފައެވެ.

ފުރަތަމަ މަސައްކަތް ފެށްޓެވީ، އޭރު ގެންގުޅުއްވި ބައިސްކަލު މަރާމާތުކުރަންޖެހުމުން، އެދުވަސްވަރު އެފަދަ މަސައްކަތްކުރާ ތަނެއް، މާލޭގައި ނެތުމުގެ ސަބަބުންނެވެ. މިގޮތުން ބައިސްކަލު މަރާމާތުކުރުމުގެ  މަސައްކަތް ފިޔަވައި އެކިއެކި ރައްޓެހިންގެ ބައިސްކަލު މަރާމާތުކުރުމުގެ މަސައްކަތް ކޮށްދެއްވަމުންގޮސް، މީގެ އެތައްއަހަރެއްކުރިން އެމަސައްކަތްވަނީ، މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.