އަލްފާޟިލް އިބްރާހީމް މުޙައްމަދު
ފިނިހިޔާގެ/ ދ.ކުޑަހުވަދޫ

ދިވެހި ބޭސްވެރިކަމުގެ ރޮނގުން ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގަންނަވާފައިވާ އިބްރާހީމް މުޙައްމަދަކީ، ލޮލުބޭސް ފިޔަވައި، ދިވެހިބޭހުގެ ހުރިހާ ވައްތަރެއްގެ ބޭސްވެސް ކުރައްވަމުން ގެންދަވާތާ 40 އަހަރުވެފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ޚިތާނުކުރުމާއި، ފުރަގަސް ފަރާތު ބައްޔަށް ބޭސްކުރެއްވުމަށް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާގެ ޚިދުމަތް، ނ.އަތޮޅުން ފެށިގެން ލ.އަތޮޅުގެ ރަށްރަށުގެ މީހުންނަށް ލިބިފައިވެއެވެ. ބޭސްކޮށްދެއްވުމުގައި، ފަޤީރުންގެ އަތުން އެއްވެސް އަގެއް ނުނަންގަވައެވެ. އަދި ބޭރު ރަށްރަށުގެ މީހުން، މީނާގެ ގޭގައި ބައިތިއްބައިގެން ބޭސް ކޮށްދެއްވައެވެ.