އަލްފާޟިލް އަޙްމަދު މޫސާ
އަތިރީގެ/ ފ.ނިލަންދޫ

އަލްފާޟިލް އަޙްމަދު މޫސާއަކީ، ވަރަށްގިނަ ދުވަސްވަންދެން ދަނޑުވެރިކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. 1990 ވަނަ އަހަރު ގަލްފު ހަނގުރާމައިގެ ކަންތައް ފެށުމާ ގުޅިގެން ކާބޯތަކެތި އަޅާ ގަސް ހެއްދުމަށް ސަރުކާރުން ކުރެއްވި އިލްތިމާސާ ގުޅިގެން ރަށުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި އޭނާ އިސްނަންގަވައިގެން ރަށުގެ މީހުން ލައްވައި މި މަސައްކަތްކުރުވަން ފެށްޓެވިއެވެ. މިކަމުގެ ސަބަބުން، ފ.ނިލަންދުއަކީ، ރާއްޖޭގައި އޮތް ދަނޑުވެރިކަމަށް އެންމެ ރަނގަޅު އެއްރަށްކަމުގައި ވެގެންދިޔައެވެ. މީނާގެ ދަނޑަކީ، ނިލަންދޫގައި އޮތް އެންމެ ރަނގަޅު ދަނޑަށްވާނެއެވެ.