އަލްފާޟިލް ޝަބްނަމީގޭ އިބްރާހީމް މުޙައްމަދުދީދީ
ގ.ރޯޒަރީ

މާލޭގައި ވިޔަފާރިވެރިއެއްގެ ގޮތުގައި ވިޔަފާރިކުރެއްވި ނަމަވެސް، އޭނާ މަސްވެރިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވައެވެ. މަސްވެރިންނަށް އެންމެ ބޭނުންވާނެ ސާމާނު އޭނާގެ ފިހާރައިން އަބަދުވެސް ގަންނަން ލިބޭނެގޮތަށް އެތަކެތި ހުސްވިޔަނުދީ ބަހައްޓަވައެވެ. މީގެ އިތުރުން މަސްވެރިކަން ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ރަށެއް ލިޔުއްވައިގެން ފަރުމަހުގެ ބާވަތްތައް އެކްސްޕޯރޓް ކުރައްވަމުން ގެންދަވައެވެ. މީގެ އިތުރަށް، ބޮއްޔާއި ރަތްގައުވެސް، އެކްސްޕޯރޓް ކުރައްވާފައިވެއެވެ. ހިކި ކަނޑުމަސް ކޮށްޓަވައިގެން ކުނޑިމަހަށް ހައްދަވައިގެން ޕެކެޓްކޮށްގެން އެކްސްޕޯރޓް ކުރައްވައެވެ.