އަލްފާޟިލް މުޙައްމަދު އިދުރީސް
ލިޔާގެ/ ބ.ތުޅާދޫ

ލިޔެލާޖެހުމާއި، ލާފެންކުރުމުގެ މަސައްކަތް ދަސްކޮށްގެން އެ މަސައްކަތް ފެށިފަހުން 25 ހަކަށް އަހަރުވެދާނެއެވެ. ސަރުކާރުގެ އެންގެވުމަށް 7 ފަހަރެއްގެ މަތިން މާލޭގައިވެސް، މި މަސައްކަތް ކުރައްވާފައިވެއެވެ.

މީނާ ހަނދާން ހުންނަން ފެށީއްސުރެ، މިހާތަނަށް ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢްރަޟުތަކުގައި ބައިވެރިވެ، ކޮންމެ މަޢުރަޟަކުން ވެސް 1 ވަނަ 2 ވަނަ 3 ވަނަ ލިބި، ސަނަދުވެސް ލިބިފައިވެއެވެ. މީނާގެ ދެކުދިންނަށާއި، ގާތް އެހެންކުއްޖަކަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ. ދިރިއުޅުމަށް ކުރައްވާ މައިގަނޑު މަސައްކަތަކީ، މިއީއެވެ.