އަލްފާޟިލާ ޚަދީޖާ އަބޫބަކުރު
ގ.ނަންކުރާގެ

އަތްތެރި މަސައްކަތުގެ ގޮތުން ފާހަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ގިނައީ، އަންހެން ބޭފުޅުންތޯ ނުވަތަ ފިރިހެން ބޭފުޅުންތޯ ބަލާއިރު ގިނައީ މިވެނި ބައެކޭ ބުނެ ގޮތެއް ނިންމުން އެއީ ދަތިކަމަކަށް ވެދާނެއެވެ. އެކަމަކު ހަމަ ގައިމުވެސް، އަންހެން ބޭފުޅުންވެސް އެރޮނގުން ފާހަގަކުރެވޭލެއް މަދެއްނޫނެވެ.

އަލްފާޟިލާ ޚަދީޖާ އަބޫބަކުރަކީ، އެކި ވައްތަރުގެ އެއްޗެހި ފެހުމާއި، މާޖެހުމާއި، އަދި ސްކޫލް ބެޖު ހެދުމާއި، މިފަދަ އަތްތެރި މަސައްކަތްކުރައްވަމުން ގެންދަވާތާ ގާތްގަނޑަކަށް 8 އަހަރު ދުވަސްވެފައިވާ ބޭފުޅެކެވެ. އަދި އެމަސައްކަތް އިތުރު އެތައް ބަޔަކަށް ދަސްކޮށްދެއްވަމުން ގެންދަވާވެސް ބޭފުޅެކެވެ.