އަލްފާޟިލް މުޙައްމަދު ޙުސައިން
ކަށިމާގެ/ ޏ.ފުވައްމުލައް

މުޙައްމަދު ޙުސައިނަކީ، އަތްތެރި މަސައްކަތާއި އަތު މަސައްކަތް ދެނެވަޑައިގަންނަވާ މިކަމުގެ ޚިދުމަތް ގިނަ ބަޔަކަށް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެ މަސައްކަތްތަކުގެ ތެރޭގައި ކިއްސަރުވަޑާން، ތެދުއުއިވަޑާން، ޅިއަ ވަޑާން، ލިޔެލާޖެހުން، ކަނބުރުވެރިކަން، ތިލޭރުކަން، ކަހަނބުފަތުގެ މަސައްކަތް ހިމެނެއެވެ. އިންޖީނު ދޯނިފަހަރުގެ ވޭލް، ބޫސް ފަދަ އެއްޗެހިވެސް، ލިޔެދެއްވައެވެ. މިމަސައްކަތް މީނާ ފެށްޓެވީ، ޢުމުރުން 10 އަހަރުގައެވެ. މަސައްކަތް ދަސްކުރަން މީނާގެ ގާތަށް އަންނަ މީހުންނަށް އުފަލާއެކު މަސައްކަތް ދަސްކޮށްދެއްވައެވެ. މިހާރު ޢުމުރުން 64 އަހަރުވެއްޖެއެވެ.