އަލްފާޟިލް އިބްރާހީމް ޙުސައިން މަނިކު
ރޯޝަނީގެ/ ރ.އިނގުރައިދޫ

އިބްރާހީމް ޙުސައިންމަނިކަކީ، ކުރުވާހަކަ ލިޔުއްވުމުގެ ރޮނގުގައި މަތީ ވަނަތައް ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. މަޖީދިއްޔާގައި ތަޢުލީމު ޙާޞިލުކުރެއްވި ދުވަސްވަރުވެސް، އަދަބީކަންތަކަށް ޝައުޤުވެރިކަން ބަހައްޓަވައެވެ. އޭނާ ކުރުވާހަކަ ލިޔުއްވަން ފެށްޓެވީ، ޝްރީލަންކާގައި ތަޢުލީމު ޙާޞިލުކުރެއްވި ދުވަސްވަރުއެވެ.

އިބްރާހީމް ޙުސައިންމަނިކު ލިޔުއްވާފައިވާ ވާހަކަތައް "އަމާޒު" އާއި "ހަފްތާ" އާއި "ހަވީރު" އާއި "ފަތްތޫރަ" އިގައި ޝާއިޢުކުރައްވާފައިވެއެވެ. މީގެ އިތުރަށް ވަކި ފޮތްފޮތުގެ ގޮތުގައިވެސް އޭނާގެ ބައެއް ވާހަކަ ޝާއިޢުކުރައްވާފައިވެއެވެ. މިރޮނގުން މީނާގެ ޚިދުމަތް މިހާރުވެސް ދަނީ ލިބެމުންނެވެ.