އަލްފާޟިލް ޢަބްދުﷲ ޞާދިޤު
ހ.އާމުލީގެ

            އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ ދިވެހިބަހުގެ އުސްތާޛުންގެ ތެރޭން މިފަހަކަށް އައިސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ސްކޫލް ދައުރުގައިވެސް ދިވެހިބަހުގެ ތަފާތު ކަންތައްތަކުގައި ފާހަގަކުރެވެމުން ދިޔަފަދައިން ޢަމަލީ މައިދާނަށް ނުކުމެ ވަޑައިގަތުމާ އެކުވެސް އަލްފާޟިލް ޢަބްދުﷲ ޞާދިޤު އެރޮނގުގައި ވަޑައިގަތީ ކުރި ހޯއްދަވަމުންނެވެ.

  ދިވެހި ބަސް ކިޔަވައިދެއްވުމަކީ އޭނާގެ ތަބީޢަތާ ވަކި ކުރެވެން ނެތް ކަމަކަށްވިއެވެ. ދިރިއުޅުމުގެ ގަދަފަދަ އޮއިވަރުގެ ތެރޭގައިވެސް މާލޭގެ ތަފާތު މަދަރުސާތަކުގައި އުފަލާއެކު އޭނާ ކިޔަވައިދެއްވަމުން ގެންދެވައެވެ. ހުސް އެންމެ ވަގުތުކޮޅެއްވެސް ނެތިއެވެ.

އަލްފާޟިލް ޢަބްދުﷲ ޞާދިޤު ދިވެހިބަހުގެ ގަވާއިދާބެހޭ ގޮތުން ލިޔުއްވައި، ވާހަކައާއި މަޒުމޫނު ފަދަ ތަކެތިވެސް ލިޔުއްވަމުން ގެންދަވާފައިވެއެވެ. މީގެތެރޭގައި ހަރުބަސް ފޮތްތަކާ، މަޒުމޫނު ފޮތެއް އަދި ޅެން ޝަރަޙަ ކުރާނެގޮތް ދައްކައިދޭ ފޮތެއްވެސް ހިމެނެއެވެ.

ދިވެހިބަހުގެ އެންމެ މުހިއްމު އެއްބައިކަމުގައިވާ ޅެންވެރިކަމުގެ ފަންނުގައިވެސް އަލްފާޟިލް ޢަބްދުﷲ ޞާދިޤަކީ އަރާހުންނެވި ބޭކަލެކެވެ. ތަފާތު މައުޟޫޢުތަކަށް ފަސޭހަފުޅުކަމާއެކު ޅެންހައްދަވައެވެ. ތަފާތު އެކި އެކި މުނާސަބާތަކަށް ލަވަ ހައްދަވައެވެ.