އަލްފާޟިލާ ޢާއިޝަތު ސަމީރާ
ގ.ގްރޭވިލާ

 ޢާއިޝަތު ސަމީރާއަކީ، ފެހުމާއި މާޖެހުމުގެ މަސައްކަތް ކުރައްވާ ބޭކަނބަލެކެވެ. މާޖެހުމުގެ މަސައްކަތް މީނާ ކުރައްވަން ފެށްޓެވީ އުމުރުން 8 އަހަރުގައެވެ. އަތުންފަހާ ތިނޯހުން މާޖެހުމުގެ މަސައްކަތް ކޮށްގެން، ބާލީހުއުރަ، މޭޒުމަތީފޮތި، ސާލު، ކުދިރުމާ އަދި ދިގުހެދުމުގެ ބޯވަޅުފަދަ ތަކެތީގައި މާޖެހުމުގެ މަސައްކަތް ހިލޭސާބަހަށް ކުރައްވައި، ގިނަބަޔަކަށް ދަސްކޮށްދެއްވާފައިވެއެވެ.

ފަހާފޮށިން މާޖެހުމުގެ މަސައްކަތް ފެށްޓެވީ 1985 ގައެވެ. އެއީ އެ އަހަރު ޓްރޭޑް މިނިސްޓްރީން ހިންގެވި ޖަރީކުރަން ދަސްކޮށްދޭ ކޯހުން ފާސްވުމާ ގުޅިގެންނެވެ. އޭރު ހިލޭސާބަހަށް މިމަސައްކަތް ދަސްކޮށްދެއްވައި، މާ ޖައްސަވައިދެއްވައި ހެއްދެވިއެވެ. ނަމަވެސް މިހާރު މީހުންނަށް މަސައްކަތް ދަސްކޮށްދެއްވައި، މާ ޖައްސަވައިދެއްވަނީ ވަރަށްކުޑަ ފީއެއް ނަންގަވައިގެންނެވެ. އެކި ފަހަރުމަތިން ބޭއްވުނު އަތްތެރި މަސައްކަތުގެ މަޢުރަޟްތަކުގައި ސަމީރާ ހައްދަވާ ތަކެތި ބައިވެރިކުރައްވައިގެން، 1 ވަނަ، 3 ވަނަ ލިބިލައްވާފައިވެއެވެ. މީނާ މިމަސައްކަތް މިހާރު ކުރައްވަނީ އާމްދަނީ ހޯދުމަށް ކުރައްވާ ކަމެއްގެ ގޮތުގައެވެެ.