އަލްފާޟިލާ އާމިނަތު ޝައުޤީ
މއ.ހުވަނދުމާގެ

 އާމިނަތު ޝައުޤީއަކީ، ފެހުމާއި ޖަރީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން ފައްސަވާ ތަކެތީގެ ތެރޭގައި، ޕާކިސްތާނު ހެދުން، ކުޑަކުދިންގެ ހެދުން، ބާލީހުއުރަ، ތުއްތުކުދިންގެ ހެދުން ހިމެނެއެވެ. މީގެ އިތުރަށް، ޖަރީ ކުރެއްވުމުގެ މަސައްކަތްވެސް ކުރައްވައެވެ. 1986 ވަނަ އަހަރު ޓްރޭޑް މިނިސްޓްރީން ހިންގެވި ޖަރީކުރަން ދަސްކޮށްދޭ ކޯހާއި، 1987 ވަނަ އަހަރު ޒުވާނުންގެ މަރުކަޒުން ހިންގެވި މާޖަހަން ދަސްކޮށްދޭ ކޯސް މީނާ ފުރިހަމަކުރައްވާފައިވެއެވެ. ޖަރީ ކުރުމުގެ މަސައްކަތް 125ހަކަށް ކުދިންނަށް މީނާ ދަސްކޮށްދެއްވާފައިވެއެވެ. މީގެ އިތުރުން، ޒުވާނުންގެ މަރްކަޒުގައި، ޖަރީކުރުމާއި މާޖަހަން ދަސްކޮށްދެއްވާ ކޯހުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްދެއްވަމުންވެސް ގެންދަވައެވެ.

މިމަސައްކަތް އާމިނަތު ޝައުޤީ ކުރައްވަނީ، ބޮޑު ޚިދްމަތެއްގެ ގޮތުގައި ބައްލަވައިގެންނެވެ.