އަލްފާޟިލް އަޙްމަދު ޢަލީ (ދޮންއަޙްމަދު)
ހ.ރެޖީނާހައުސް

 އަޙްމަދު ޢަލީއަކީ ތިލޭރުކަމުގެ މަސައްކަތް ކުރައްވާތާ 35 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ ބޭކަލެކެވެ. މިގޮތުން، ކަސްޓަމްސްގެ އޮފިސަރުންގެ ބެޖާއި ނިޝާން ރިހިން ހެއްދެވުމާއި، އެން.އެސް.އެސް.ގެ ބޭކަލުންނަށް ދެއްވާ ނިޝާން، ރަނުންނާއި ރިހިން ހައްދަވައިދެއްވުން ހިމެނެއެވެ. ކަހަނބުފަތާއި، އިތަޔާއި، ރިހި ބޭނުންކުރައްވައިގެން އަތްތެރި މަސައްކަތުގެ މަޢުރަޟަށް ހެއްދެވި ހާރަކަށް، ރަންރިހީގެ މަސައްކަތްތެރި ކަމުގެ ރޮނގުން އިނާމު ލިބިފައިވެއެވެ. މީނާ ދިރިއުޅުމަށްޓަކައި މިހާރުވެސް ކުރައްވަނީ މި މަސައްކަތެވެ.