![](https://storage.googleapis.com/presidency.gov.mv/Photos/93699_fd98d068-2_.jpg)
މއ.ރަބީޢުގެ
މުޙަންމަދު މުފީދަކީ، ލޭތުގެ މަސައްކަތް ކުރެއްވުމުގައި އުޅުއްވާތާ 27 އަހަރު ވެފައިވާ ކުޅަދާނަ ބޭފުޅެކެވެ. މިގޮތުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި، އިންޖީނު ދޯނިފަހަރުގެ ބުރަފަތި ޝާފްޓް، ދޮންނަ މެޝިނުގެ ޓިއުބް، ކާރުގެ ދިދަދަނޑިއާއި، މިނޫންވެސް ވަރަށްގިނަ ތަކެތި ހެއްދެވުން ހިމެނެއެވެ. ސާކް ސަމިޓަށް ތައްޔާރު ކުރެއްވި މޭޒުގެ ވަށްބޯޑުތައްވެސް ލޭތުން ހައްދަވާފައިވަނީ މީނާއެވެ. ލޭތުން ހައްދަވާފައިވާ ދޮންނަ މެޝިންގެ ޓިއުބަކަށް 1990 ވަނަ އަހަރުގެ މަޢުރަޟުން 1 ވަނަ ލިބިފައިވެއެވެ. ލޭތުގެ މަސައްކަތް މީނާ ދަސްކުރެއްވީ، އިންޖިނިއަރިންގ ސަރވިސްއިންނާއި، ޖަޕާނުގެ ބޯޓުބަންނަ ކުންފުންޏެއްގައި ދޮޅުއަހަރެއްހާ ދުވަހު މަސައްކަތް ކުރައްވައިގެންނެވެ.