އަލްފާޟިލް ޙަސަން މޫސާ
ޖަސްތުކަފާގެ / ބ.ދަރަވަންދޫ

 ޙަސަން މޫސާ، ތެދުއުއި ވަޑާމުގެ މަސައްކަތް، އުމުރުން 17 އަހަރުގައި ފަށްޓަވައިގެން ކުރައްވަމުން ގެންދަވާތާ 50 އަހަރު ވެދާނެއެވެ. މިރޮނގުގައި މީނާއަކީ، އަތޮޅުގައި ތިބި ރީތިކޮށް ތަކެތިހަދާ މީހުންގެ ތެރެއިން ފާހަގަކޮށްލެވޭ ބޭކަލެެކެވެ.  އަތްތެރި މަސައްކަތުގެ މަޢުރަޟުތަކުގައި މީނާ ހައްދަވާ ތަކެތި ބައިވެރިކުރައްވައި، ވަނަ ލިބިލައްވާފައިވެއެވެ.