އަލްފާޟިލް މުޙަންމަދު މޫސާ
ރޭއަލިވާގެ / ބ.ކިހާދޫ

 މުޙަންމަދު މޫސާގެ ޢުމުރުން 10 އަހަރުގައި މީނާގެ ބައްޕަގެ ގާތުން ރުކުފަތީގެ މަސައްކަތް ދަސްކުރައްވައިގެން މިމަސައްކަތް ކުރައްވަމުން ގެންދަވާތަ 56 އަހަރު ވެދާނެއެވެ. މިގޮތުން، މަސައްކަތްތެރިކަމުގެ ގިނަ މަޢުރަޟްތަކެއްގައި މީނާ ހައްދަވާ ތަކެތި ބައިވެރިކުރައްވައި، އެއްފަހަރަށްވުރެ ގިނަފަހަރު 1 ވަނަ ހޯއްދަވައި، އެއްއަހަރަކު މުޅި ރާއްޖެއިން 1 ވަނަވެސް ހޯއްދަވާފައިވެއެވެ. ރުކުފަތިން 15 ވައްތަރެއްގެ ވިޔުން މީނާ ދެނެލެއްވުމުގެ އިތުރަށް މީނާގެ ބެއްލެވުމުގެ ދަށުން ވަރަށްގިނަ ކުދިންނަށް މި މަސައްކަތް ދަސްކޮށްދެއްވާފައިވެއެވެ.