އަލްފާޟިލް އާދަމް މުޙަންމަދު
ހިޔަލީގެ / ތ.ވިލުފުށި

 އާދަމް މުޙަންމަދު، މަސްވެރިކަމުގެ މަސައްކަތް 1951ގައި ފެށްޓެވީއްސުރެ، ވޭތުވެދިޔަ 41 އަހަރުގެ ތެރޭގައި އާމްދަނީ ހޯދުމަށްޓަކައި މަސްވެރިކަން ފިޔަވައި އެހެން މަސައްކަތެއް ނުކުރައްވައެވެ. މީނާއާއެކު މަހަށްގޮސް އުޅުނު މީހުންގެ ތެރެއިން 8 މީހުންނަށް އިސްކެޔޮޅުކަން، 6 މީހުންނަށް އެންކެޔޮޅުކަން ދަސްކޮށްދެއްވާފައިވެއެވެ. 1960ގެ އަހަރުތަކުގެ ތެރޭގައި، މަހަށް ފުރުމުން 1 ވަނަ ލިބިގެން މީނާއަށް ސެޓްފިކެޓް ލިބިލައްވާފައިވެއެވެ. މީގެ އިތުރަށް އެންމެ ފިނައިން މަސްބޭނި ކެޔޮޅަކަށް ދެއްވި އިނާމުވެސް ވިދިވިދިގެން 3 އަހަރު މީނާއަށް ލިބިލައްވާފައިވެއެވެ.