އަލްފާޟިލް ޢަބްދުއްޞަމަދު ޢަލީ
އަސަރީމާގެ / ހދ.ނެއްލައިދޫ

 ޢަބްދުއްޞަމަދުގެ އަމިއްލަ ދޯނިފަހަރުގަޔާއި މީހުންގެ ދޯނި ފަހަރުގައި ކެޔޮޅެއްގެ ގޮތުން މަސްވެރިކަން ކުަރައްވާތާ 47 އަހަރު ވެދާނެއެވެ. މިގޮތުން، މީނާ ކެޔޮޅެއްގެ ގޮތުގައި ހުރެ މަހަށް ފުރައިގެން، ހދ.ކުރިނބީ އިސްމާޢީލް ޙާޖީގެ ދޯންޏަށް 1964 ވަނަ އަހަރު މަހަށް ފުރުމުން އެއްވަނަ ލިބިފައިވެއެވެ. މީގެއިތުރުން 1972 ވަނަ އަހަރު އަތޮޅުން އެންމެ ގިނައިން މަސްބޭނި ދޯންޏަށް ދެއްވި އިނާމު ލިބިލައްވާފައިވެއެވެ. ދިރިއުޅުމަށް މީނާ ކުރައްވާހާވެސް ކަމަކީ މަސްވެރިކަމެވެ. މި މަސައްކަތުން ލިބުނު އާމްދަނީއިން އިންޖީނު ދޯންޏެއް ހޯއްދަވާފައިވެއެވެ.