އަލްފާޟިލް މުޙަންމަދު ޒާހިރު
މ.އޮނޯޑާ

 މުޙަންމަދު ޒާހިރަކީ، ތަފާތު އެކިއެކި އިޤްތިޞާދީ މަސައްކަތް ރާއްޖޭގައި ކުރެއްވޭތޯ ބައްލަވައި، އެމަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މިވަގުތު އެންމެ ފާހަގަކޮށްލެވޭ ގޮތެއްގައި ކުރައްވާ މަސައްކަތަކީ، ޑިޓަރޖެންޓް، އެއަރފްރެޝްނަރ ފަދަ އެއްޗެތި ރާއްޖޭގައި އުފެއްދެވުމެވެ. މީގެތެރޭގައި ހާޕިކް ލިކުއިޑް (ސާފް ލިކުއިޑް)، ވިމް ޕައުޑަރ (ތިރުނަ ޕައުޑަރ)، މޫނުގައިޖަހާފުށް (ރެހެންދި ޓެލްކަމް ޕައުޑަރ)، ބްލީޗިންގ ލިކުއިޑް (ފަސޭހަ ލިކުއިޑް)، އުއްބައްތި (ރީތިއަލި) ހިމެނެއެވެ.

މީގެ އިތުރުން ޒާހިރަކީ، ރާއްޖޭގައި ތިބި އެކްސްޕޯޓަރުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ބޭކަލެކެވެ. މީނާ އެކްސްޕޯޓް ކުރައްވާ ތަކެތީގެ ތެރޭގައި، މަހުގެ ބާވަތްތަކާއި، ހުއިފިލަނޑާ ހިމެނެއެވެ. މީނާ އެކިއެކި މަސައްކަތް ކުރުވުމުގެ ޝައުޤުވެރިކަން ހުރުމާއެކު ޢަމަލީގޮތުން ކަންކަމުގައި ހީވާގިކަމާއެކު އުޅުއްވާކަންވެސް ފާހަގަކޮށްލެވެއެވެ.