![](https://storage.googleapis.com/presidency.gov.mv/Photos/93692_9993de70-7_.jpg)
ކަނީރުމާގެ / ހއ.ހޯރަފުށި
ޢަބްދުﷲ ޢަލީއަކީ، ދިވެހި ބޭސްވެރިކަމުގެ ސަނަދު ލިބިލައްވާފައިވާ މި ރޮނގުން މީނާގެ ޚިދުމަތް، މެދުކެނޑުމެއްނެތި، ތިރީހަކަށް އަހަރު ދެއްވާފައިވާ ބޭކަލެކެވެ. މީނާގެ ބޭސްވެރިކަމުގެ ޚިދުމަތް، ހޯރަފުށީގެ އިތުރަށް، އަތޮޅުތެރެއާއި މެދުރާއްޖެތެރެއާއި މާލެއަށްވެސް ލިބިފައިވެއެވެ. މިރޮނގުން މީނާއަކީ މުޅި އަތޮޅަށާއި މެދު ރާއްޖެތެރެއަށް ފާހަގަކޮށްލެވޭވަރުގެ ޚިދުމަތްތެރިއެއް ކަމަށްވެއެވެ. މީގެއިތުރަށް، ބޭސްވެރިކަމާ ބެހޭގޮތުން މީހުންނަށް ލަފަޔާއި އިރުޝާދު ދެއްވުންވެސް ހިމެނެއެވެ. ބޭސްވެރިކަމުގެ ބޮޑުބައި ކުރައްވަމުން ގެންދަވަނީ، އުޖޫރައަކާނުލައި ޢާންމު ޚިދުމަތެއްގެ ގޮތުގައެވެ. އަދި ޢަބްދުﷲ ޢަލީއަކީ މިހާރުވެސް މި ރޮނގުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ.