އަލްފާޟިލް އިބްރާހީމްފުޅު (ރީތިޅަތުއްތު)
ހ. ޒޯނިއާ

ޅަތުއްތުއަކީ ޓިނުން އެއްޗެތި ހެއްދެވުމުގެ މަސައްކަތް 1963 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. 1972 ން ފެށިގެން މި މަސައްކަތުގައި މީނާއަށް އެހީތެރިވެދިނުމުގެ ގޮތުން އިތުރު މީހުން ގެންގުޅުއްވަމުން، އެމީހުންނަށް މަސައްކަތް ދަސްކޮށްދެއްވަމުން ގެންދަވާ ބޭކަލެކެވެ. ސަރުކާރުގެ ވަރަށްގިނަ ތަންތަނަށާއި ރިޒޯޓްތަކަށް އަދި އަމިއްލަ ވަރަށްގިނަ ފަރާތްތަކަކަށް މީނާ ދިޔަދޮވި ހައްދަވައި ދެއްވާފައިވެއެވެ. މީގެއިތުރަށް، ދުންހޮޅި، ވައިހޮޅި، އެއަރކޮންޑިޝަނަރގެ ކަވަރު އަދި ދޮންނަމެޝިނުގެ ކަވަރުވެސް ޓިނުން މީނާ ހައްދަވައިދެއްވައެވެ.