އަލްފާޟިލް ޙަސަން މުޙަންމަދުފުޅު
ހުނަރު/ހއ. ހޯރަފުށި

ޙަސަން މުޙަންމަދުފުޅަކީ މަސައްކަތްތެރިކަމުގެ ރޮނގުގައި ފާހަގަކޮށްލެވޭ ބޭކަލެކެވެ. މީނާ ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ވަޑާންކުރުމާއި، އަތްތެރި މަސައްކަތް ކުރުމާއި، މޮޑެލް ހެދުންފަދަ ކަންތައް ކުރެއްވުން ހިމެނެއެވެ. ޤައުމީ ފެންވަރުގައި ބާއްވަވާ މަޢުރަޟުތަކުގައި މީނާ ހައްދަވާ ތަކެތި ބައިވެރިކުރައްވައި، މަތީ ވަނަތައް ހޯއްދަވާފައިވެއެވެ. މީގެތެރޭގައި [އުތީމު ގަނޑުވަރު]ގެ މޮޑެލްއެއް ހައްދަވައި ރީތި ނަމެއް ހޯއްދަވާފައިވާކަން ފާހަގަކޮށްލެވެއެވެ. މިރޮނގުން މީނާ މި މަސައްކަތް މެދުކެނޑުމެއްނެތި 16 އަހަރު ވަންދެން ކުރައްވާފައިވާ ކަމަށްވެއެވެ.