އަލްފާޟިލް ޢަބްދުއްރައްޒާޤު
ލ. އިސްދޫ ގްލޯރީގެ

ޢަބްދުއްރައްޒާޤަކީ އޭނާގެ ގޯތިތެރޭގަޔާއި، އިސްދޫގެ ވަކިބައެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މީނާ ދަނޑުވެރިކަން ކުރެއްވުމުގެ ގޮތުން މިރުސް، ބަރަބޯ، ދަނޑިއަލުވި، ކައްޓަލަ، ޒުވާރި، ތޮރާ، އަލަ، ހިކަނދިފަތް، ރާނބާފަތް، ބިންބި، ކުދިބަތް ފަދަ ތަކެތީގެ ބޮޑެތި ދަނޑުތައް ހައްދާފައިވެއެވެ. 1992 ވަނަ އަހަރު ހަމައެކަނި ގިތެޔޮމިރުސް ހައްދައިގެން -/132,000 ރުފިޔާ އަދި 1993 ވަނަ އަހަރުވެސް ދަނޑުވެރިކަމުގެ މަސައްކަތުން -/100,000 ރުފިޔާ ލިބިލައްވާފައިވާ ކަމުގައިވެއެވެ.