އަލްފާޟިލް ޢަބްދުލްޤާދިރު އިބްރާހީމް (އުކުޅަހު ދޮންމަނިކު)
ހ. ސިލިންކޯ
ޢަބްދުލްޤާދިރަކީ 1952 ވަނަ އަހަރުން ފެށިގެން މަސްވެރިކަން ކުރައްވަމުން ގެންދަވާ ހީވާގި ކެޔޮޅެކެވެ. ރިޔަލުދޯނީގެ ދުވަސްވަރު 6 އަހަރު ވަންދެން ކެޔޮޅެއްގެ ގޮތުންނާއި، އެންކެޔޮޅެއްގެ ގޮތުން، އަދި އޭގެފަހުން އިންޖީނުއެޅި ދޯނިފަހަރުގައި މަސްވެރިކަން ކުރަންފެށިފަހުން އިސް ކެޔޮޅެއްގެ ގޮތުގައި ހުންނަވައިގެން މަހަށް ފުރުއްވަމުން ގެންދަވާފައިވެއެވެ. 1992 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު، އެ އަހަރު މާލެއިން އެންމެ ގިނަ ދުވަހު މަހަށްފުރި ދޯނީގެ ކެޔޮޅަކަށް ސަރުކާރުން ދެއްވި އިނާމު ޢަބްދުލްޤާދިރަށް ލިބިލައްވާފައިވެއެވެ.