އަލްފާޟިލް ދުންމާރި ޢަލީ ވަޙީދު
މއ. މަސްކަން

ޢަލީ ވަޙީދަކީ އުރުދޫބަހުން ދިވެހިބަހަށް ވާހަކަ ތަރުޖަމާ ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. ޢަލީ ވަޙީދުގެ ވާހަކަތައް، މާލޭގައި ނުކުތް ދުވަހުނޫސް [ވިޔަފާރި މިއަދު]، [މޫންލައިޓް]، [ފަތިސް] ގައި މިހާރު [ހަވީރު]، [އާފަތިސް] ނޫހުގައާއި، [އާބާރު] މަޖައްލާގައި ޝާއިޢު ކުރައްވާފައިވެއެވެ. އަދި މީނާގެ އަމިއްލަ ޚިޔާލަށްވެސް ވާހަކަ ލިޔުއްވައި ޝާއިޢު ކުރައްވާފައިވެއެވެ. ތަރުޖަމާ ވާހަކަތަކުގެ ތެރޭގައި [ބިރުވެރި ހަވޭލި] [105 ނަންބަރު ކޮޓަރި] [ޤަބުރުސްތާނުގެ މީދާ] މިވާހަކަތައް ފާހަގަކޮށްލެވެއެވެ. މީނާ 4 އަހަރު ވަންދެން [ފިލްމީ ދުވެލީ]ގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ.

މީގެއިތުރުން، ޢަލީ ވަޙީދަކީ ޤައުމީ ކުންފުނީގެ ޗާޕުޚާނާ ދުވަސްވަރުން ފެށިގެން ލިޔުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ.