އަލްފާޟިލް ސައްޔިދު ޢަލީ
މ. ދިއްގަލި

ސައްޔިދު ޢަލީ ފުރަތަމަ މަޝްހޫރުވެގެންދިޔައީ ފުޓްބޯޅައިގެ ރޮނގުންނެވެ. 4 ފަހަރެއްގެ މަތިން ފުޓްބޯޅަ މުބާރާތުގައި 1 ވަނަ ގޯލްކީޕަރުކަމުގެ މަގާމު ހޯއްދަވާފައިވެއެވެ.

ސައްޔިދު ޢަލީއަކީ، 1973 ވަނަ އަހަރުން ފެށިގެން ތަފާތު ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ. މިގޮތުން 1973 ން 1981 ވަނަ އަހަރާ ހަމައަށް މެދުނުކެނޑި ޤައުމީ ވޮލީބޯޅަ މުބާރާތުގައި ތަފާތު މަގާމުތަކަށް ހޮވިފައިވެއެވެ. އަދި 1981 ގެ ފަހުންވެސް ޤައުމީ ވޮލީބޯޅަ މުބާރާތުގައި ތަފާތު މަގާމުތަކަށް ހޮވުމުގެ އިތުރަށް، މިއަހަރުގެ ޤައުމީ ވޮލީބޯޅަ މުބާރާތުގައިވެސް އެންމެމޮޅު ޑިގަރއަކަށް ހޮވިގެންދިޔައެވެ. ސައްޔިދު ޢަލީ ވޮލީ ކުޅުއްވި ދުވަސްތަކުގެ ތެރެއިން 10 އަހަރު، ބައިވެރިވެވަޑައިގަތް ޓީމު ޗެމްޕިއަންކަން ހޯއްދަވާފައިވެއެވެ. އަދި ސާފްގޭމްސްއަށްދިޔަ ވޮލީޓީމުގެ އެސިސްޓެންޓް ކޯޗްކަމާއި، ކޯޗުކަން ކުރައްވާފައިވެއެވެ. 1988 ގައި އޮލިމްޕިކް ސޮލިޑަރިޓީގެ ފަރާތުން ރާއްޖެއިން ބޭރުގައި ހިންގި ކޯޗިންގ ޕްރޮގްރާމެއްގައި ކޯޗިންގ ސެޓްފިކެޓް ހޯއްދަވާފައިވެއެވެ.

ސައްޔިދު ޢަލީއަކީ، ޓެނިސް، ޓީޓީ، އެތްލެޓިކްސް، ބާސްކެޓުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެއްވެސްމެއެވެ.