އަލްފާޟިލް މުޙައްމަދު މަނިކުފާނު
ގްރީންވިލާ ސ. މީދޫ

މުޙަންމަދު މަނިކުފާނަކީ ދަނޑުގޮވާންކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މި މަސައްކަތް ކުރައްވަނީ ގޯތިތެރޭގައާއި މީދޫގެ ދަނޑުބިމުގައެވެ. މުޙަންމަދު މަނިކުފާނު ހައްދާ ބާވަތްތަކުގެ ތެރޭގައި، ޒުވާރި، ކައްޓަލަ، އޮޅުއަލަ، ތަރުކާރީ މިރުސް، ކަރާ، ބޮނޑިކޮޕީ، ވިލާތުބަށި، ރެޑިޝް، ފަޅޯ، މާއަލަ ހިމެނެއެވެ.

ދަނޑުވެރިކަން ކުރާ އެހެން ފަރާތްތަކަށް ޚިދުމަތް ފޯރުވައިދެއްވުމުގެ ގޮތުން، ބޭނުންވާ އެކިބާވަތުގެ މުޑުވައް ދެއްވަމުން ގެންދަވައެވެ. އަދި މީނާ މީދޫގެ ދަނޑުތަކަށް ކަރާ ތަޢާރުފް ކޮށްދެއްވުމާއެކު، އެކަށީގެންވާ ފެންވަރެއްގައި ކަރާ ހައްދަމުން ގެންދަވާވެސްމެއެވެ.