![](https://storage.googleapis.com/presidency.gov.mv/Photos/92494_6cf92069-5_.png)
ގޮމަށިމާގެ މ. މުލައް
ނަޞީރު ޢަލީއަކީ ގިނަ އަދަދެއްގެ ޒުވާނުންނަށް ކެޔޮޅުކަން ދަސްކޮށްދެއްވައި، މަހަށް ދިޔުމަށް މަސްވެރިންނަށް ހިތްވަރުދެއްވައި، އަމިއްލަ ދޯނިފަހަރު އުފައްދަވައި، މަސްވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. މި މަސައްކަތް މީނާ ކުރައްވާތާ ވިއްސަކަށް އަހަރު ވެދާނެއެވެ.
ނަޞީރު ޢަލީ މަހަށް ދުރުވެ އުޅުއްވުމުގެ ތެރޭގައި، ރާއްޖޭގެ ސަރަޙައްދުން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ މަސްބޯޓެއްވަނީ އަތުލައިގަނެ ސަރުކާރާ ހަވާލުކުރައްވާފައެވެ.