އަލްފާޟިލް ޢަބްދުﷲ ޙަމީދު އާދަމް
ސަމަންދަރު ޅ. ނައިފަރު
ޢަބްދުﷲ ޙަމީދު އާދަމް މަސްވެރިކަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާތާ ގާތްގަނޑަކަށް 15 އަހަރު ވެދާނެއެވެ. އަޑިއަށް ފީނުއްވައިގެން އެން ހޯދުމުގެ މަސައްކަތްވެސް މީނާ ކުރައްވައެވެ. މީނާއަކީ މަސްވެރިކަމުގެ މަސައްކަތް ކުދިންނަށް ދަސްކޮށްދެއްވައި، ތަމްރީނު ދެއްވާފައިވާ ބޭކަލެކެވެ.
މީގެއިތުރުން، އިންޑިޔާ ކަނޑުގައި ހިމެނޭ އެފްރިކާގެ ބައެއް ޖަޒީރާ ޤައުމުތަކަށް ދޮށީގެ ކަނޑުމަސްވެރިކަން ދަސްކޮށްދިނުމަށް 1993 ވަނަ އަހަރު ދިވެހިރާއްޖެއިން ކެޔޮޅަކާއި، އެންކެޔޮޅެއް ފޮނުވައިދިނުމަށް އެދުމުން، ސަރުކާރުން ފޮނުއްވި ދެ ކެޔޮޅުންގެ ތެރެއިން އެއްކެޔޮޅަކީ ޢަބްދުﷲ ޙަމީދު އާދަމެވެ.